ދުނިޔެ

ފާހަނާ ތަށިމަތީގައި އިންދާ ހަމަލާދިނީ ފަސްފޫޓުގެ ހަރުފައެއް

މުހައްމަދު އައުޒަމް

އޮސްޓްރޭލިއާގެ ބްރިސްބަންގެ އަންހެނަކު ފާހަނާ ތަށިމަތީގައި އިންދާ ފަސްފޫޓުގެ ހަރުފައެއް ހަމަލާދީފިއެވެ.

އުމުރުން 59 އަހަރުގެ ހެލެން ރިޗާޑްއަށް ހަމާލަދީފައިވަނީ ކާޕެޓް ޕައުތަންއެއް ކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.

ވިހަ ގަދަ ހަރުފައަކަށް ނުވި ނަމަވެސް ހެލެންއަށް މިހަމަލާގައި ހަރުފަ ދަތް އެޅުމުގެ ސަބަބުން ވަނީ އަނިޔާ ވެފައެވެ.

އޮސްޓްރޭލިއާގެ ހަރުފަ ހިފާ ކުންފުންޏަކުން ވަނީ އެހަރުފަ ހިފައިފައެވެ. އެކުންފުނީގެ ފޭސްބުކްގައި ވާގޮތުން ހެލެން ވަނީ ހަމަލާ ދިނުމާއެކު ފާހަނާ ތަށިމަތީން ވަގުތުން ތެދުވެފައެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިއަހަރު އެގައުމަށް ހޫނު މޫސުމުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވެފައި ވާތީ މިފަދަ ހާދިސާތައް ކުރިމަތިވެދާނެކަމަށް އިންޒާރުވެސް ދީފައެވެ. އޮސްޓްރޭލިއާގެ ހޫނުމިން މަތިވުމާ ގުޅިގެން މިކަމުގެ އަސަރުކޮށް ގިނަ އަދަދެއްގެ ޖަނަވާރު މަރުވަމުން ދާކަމަށް ވެސް ނޫސްތަކުން ބުނެއެވެ.