ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބާއްވަން އިސީން ހުއްދަދީފި

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވައިފި އެވެ.

ޕީއެންސީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ޔަގީންކޮށްދެއްވައިފަ އެވެ.

އަބްދުއްރަހީމްގެ މުއައްސިސުކަމުގެ ދަށުން އުފައްދާ އެޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް އީސީން ހުއްދަ ދީފައިވަނީ މިއަދުއެވެ.

އީސީން ޕީއެންސީ އުފައްދަން ހުއްދަ ނުދީ ހިފަހައްޓަނީ ޒާތީ ގޮތުން ކަމަށް ވިދާޅުވެ އަބްދުއްރަހީމް އިއްޔެ ވަނީ އީސީގެ މެންބަރު ހަބީބުއަށާއި އެކޮމިޝަންގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް އީސީން އެކަން ދޮގުކުރެއެވެ.