ވަޓްސް އެޕުން މެސެޖް ފޯވާޑުކުރެވޭ މިންވަރު ލިމިޓްކޮށްފިއެވެ.
ވަޓްސް އެޕުން މެސެޖް ފޯވާޑް ކުރެވޭ މިންވަރު ލިމިޓް ކޮށްފައިމިވަނީ ވަޓްސް އެޕް މެދުވެރިކޮށް ފޭކު ހަބަރު ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.
ވަޓްސް އެޕް ބޭނުންކުރާ ފަރާތްތަކަށް ކުރިން ދުވާލަކު 20 މެސެޖް ފޯވަޑް ކުރެވެއެވެ. ނަމަވެސް އާ ގަވާއިދާއެކު މި މިންވަރު މިވަނީ ދުވާލަކު ފޯވާޑް ކުރެވޭ މިންވަރު ފަހަކަށް ބަދަލުކޮށްފައެވެ.
ވަޓްސް އެޕް އިން މިބަދަލު ގެންނަން ނިންމާފައި މިވަނީ ވަޓްސް އެޕުގެ އެންމެ ބޮޑު އެއް މާކެޓް ކަމަށްވާ އިންޑިއާގައި ދައުރުވާން ފެށި ދޮގު ހަބަރުތައް ހުއްޓުވުމުގެ ބޭނުމުގައެވެ. ފަހަކަށް އައިސް އިންޑިއާގައި ވަނީ ރޭޕްކުރާކަމުގެ ތުހުމަތު މީހުންގެ ބޮލުގައި އަޅުވުމާއި ކަމާ ނުބެހޭ މީހުންނަށް ހަމަލާ އަމާޒުވާން ފަށައިފައެވެ.
ވަޓްސް އެޕުން ވަނީ އެޕް ބޭނުން ކުރާ މީހުންގެ ހިޔާލުހޯދައި މިކަމަށް ގެންނަން ޖެހޭ ބަދަލުތައް ހޯދާނެ ކަމަށް ބުނެފައެވެ.