މުހައްމަދު އައުޒަމް
ކަރޑިފް ސިޓީގެ މަޝްހޫރު ކުޅުންތެރިޔާ އެމިލިއާނޯ ސަލާ ދަތުރުކުރި ފްލައިޓް ގެއްލިއްޖެއެވެ.
އިންގްލިޝް ޕްރިމިއަރ ލީގުގެ މަޝްހޫރު ކުޅުންތެރިޔާ އާޖެންޓީނާގެ އެމިލިއާނޯ ސަލާ ދަތުރުކުރި ފްލައިޓު ގެއްލިފައިވަނީ ނަންޓެސް އެއާޕޯޓުން ކަރޑިފް އެއާޕޯޓަށް ދަތުރުކުރަނިކޮށެވެ. ފްލައިޓުގެ ހަބަރެއް އެންމެ ފަހުން ލިބިފައިވަނީ ނިއު ޖަރޒީ އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރަށެވެ. ނަމަވެސް އެއްވެސް ނުރައްކާތެރި ކަމެއް ފާހަގަ ކޮށްފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.
ގެއްލިފައިވާ ފްލައިޓުން ދަތުރުކޮށްފައިވަނީ ދެމީހުން ކަމަށް ވެސް މައުލޫމާތުލިބެއެވެ.
ފްލައިޓު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. ފްލައިޓު ގެއްލިފައިވާ ސަރަހައްދުކަމަށް ބެލެވޭ ސަރަހައްދު ރެސްކިއު ޓީމްތަކުން ހޯދަމުން އަންނައިރު އެސަރަހައްދުގެ މޯސުން ވެސް ރަނގަޅުކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ.
ސަލާ ކަރޑިފްއަށް ދަތުރުކުރަމުން ދިޔައީ އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށެވެ. ދަތުރުފެށްޓުމުގެ ކުރިން ސަލާ ވަނީ އޭނާ ކުރީން ކުޅުނު ޓީމުގެ ކުޅުންތެރިންނާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފައެވެ. އެޓްވީޓުގައި ސަލާ ވަނީ "ދަ ލާސްޓް ގުޑްބާއި" ޖަހައިފައެވެ.
އުމުރުން 28 އަހަރުގެ ސަލާ ކަރޑިފް ސިޓީއަށް ސޮއިކޮށްފައިވަނީ 15 މިލިއަން ޔޫރޯގެ ރެކޯޑު އަގަކަށެވެ