ދުނިޔެ

ހުރިހާ ފަސިންޖަރުންނަށް ކެޕްޓަންގެ ފަރާތުން ޕިއްޒާ

ލޮސްއެ ންޖެލްސް އިން ޑަލަސް ފޯރޓް ވޯރތްއަށް ދަތުރުކުރަމުންދިޔަ އެމެރިކަން އެއާލައިންސްގެ ފްލައިޓް 2354 މޫސުން ގޯސް ވުމުގެ ސަބަބުން މިސްރާބު ބަދަލުކޮށް ޖައްސަން ޖެހުނީ ޓެކްސަސްގެ ވިޗިޓާ އެއާޕޯޓަށެވެ. 159 ފަސިންޖަރުން ދަތުރުކުރި މި ފްލައިޓު ފުރުންލަސްވެ ފަސިންޖަރުން އެއާޕޯޓްގައި ތާށިވިއެވެ.

ފަސިންޖަރުންނަށް އެހީވުމަށް އެއާޕޯޓު މުވައްޒަފުންނާއި ކުރޫއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ގިނައިރު އެއާޕޯޓުގައި ތިބެން ޖެހުމުން ފަސިންޖަރުންގެ ކަންބޮޑުވުންތައް ދިޔައީ އިތުރުވަމުންނެވެ.

އެންމެން ހަމަޖައްސާލުމަށް ކެޕްޓަން ބޭނުންކުރީ ތަފާތު އުކުޅެކެވެ. ކެޕްޓަން އޯޑަރުކުރީ 40 ޕިއްޒާއެވެ. އެއާޕޯޓް މުވައްޒަފަކު ޓުވީޓު ކޮށްފައިވާ ވީޑިޔޯއަކުން ފެންނަގޮތުން ޕިއްޒާތައް ޑެލިވަރީ ކުރި ކާރުން ފަސިންޖަރުންނާއި ހަމައަށް ޕިއްޒާ ގެންދިޔައީވެސް ކެޕްޓަން އަމިއްލައަށެވެ. އަދި ޕިއްޒާ ބެހުމުގައި ހުރިހާމީހުންގެ އެހީތެރިކަން ލިބިގެން ދިޔަތަން ފެނިގެން ދިޔައެވެ. ހުރިހާފަސިންޖަރުން އަޑުން އަޑުނަގައި ކެޕަޓަށް ޝުކުރު އަދާކުރި އެވެ.

ކެޕްޓަން ވަނީ އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ހުރިހާ މީހުނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް ފްލައިޓުގެ ކުރޫއިންނަށް ތަޢުރީފުކޮށްފަ އެވެ. އެމެރިކަން އެއާލައިންސް އިން ވަނީ ކުރޫއިންގެ މި މަސައްކަތް ފާހަގަކޮށް ބަޔާނެއް ވެސް ނެރެފައެވެ.