އާޖެންޓީނާގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެރްނާންޑޭޒް ވަނީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރުކޮށްދެއްވައި ޓުވީޓެއް ކުރައްވައިފައެވެ.
ރައީސް އަލްބާޓޯގެ ޓުވީޓުގައި ވަނީ ކުޑަކޮށް ހުން ހުރިނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށާއި ނަތީޖާ އިތުރަށް ޔަގީން ކުރެއްވުމަށް އިތުރު ޓެސްޓު ހެއްދެވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
އާޖެންޓީނާގެ ރައީސް ވަނީ މިއަހަރުގެ ކުރީކޮޅު ރަޝިއާގެ ކޮވިޑް ވެކްސިން ސްޕުޓްނިކް ވީ ޖައްސަވާފައެވެ.
އާޖެންޓީނާ އިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 9902 ކޮވިޑް ކޭސް ފެނިފައިވެއެވެ. އެގައުމުގެ ޖުމުލަ އަދަދު ވަނީ 2.37 މިލިއަނަށް އަރާފައި ކަމަށް ރެކޯޑް ތަކުން ދައްކައެވެ.