ސިވިލް ކޯޓުގެ ފަނޑިޔާރު މުހައްމަދު ހަލީމް އިސްތިއުފާދެއްވައިފި އެވެ.
ފަނޑިޔާރު ހަލީމް ސިވިލް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ މިއަދު އެވެ.
ޖޭއެސްސީގެ ރައީސް، އަބްދުﷲ އަރީފަށް ހަލީމް މިއަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ޖުޑީޝަލް ރިފޯމް އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އަލުން އައްޔަންކުރުމަށް ޓަކައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހަލީމް ވިދާޅުވީ އޭނާ އިސްތިއުފާދެއްވީ އެކަމަށް ފުރުސަތުދެއްވައި މިސާލުދެއްކެވުމުގެ ގޮތުން ކަމަށެވެ.