ސުއެެޒް ކެނަލް ހުޅުވާލައިފިއެވެ.
ސުއެޒް ކެނަލް ހުޅުވައި މިލީ 400 މީޓަރު ދިގުމިނުގެ ކާގޯ ބޯޓެއް ތާށިވެ ހަފުތާއެއްހާ ދުވަހު ބަންދު ކޮށްފައި އޮތުމަށްފަހު އެވެ.
ސުއެެޒް ކެނަލް ހުޅުވާލުމުގެ އުފަލުގައި އެ ކެނަލް ހުރަސްކުރަން އިންތިޒާރުގައި ތިބި އެހެން ބޯޓުތަކުން ވަނީ ބޯޓުތަކުގެ ބަރުގޮނު އަޅައި އުފާ ފާޅުކޮށްފައެވެ.
ރާއްޖޭގަޑިން ރޭ 10 ޖެހި އިރު ސުއެެޒް ކެނަލް ހުޅުވާލުމާއެކު އިންތިޒާރުގައި ތިބި 100 އެއްހާ ކާގޯ ބޯޓު ވަނީ އެ ކެނަލް ހުރަސްކުރުމަށް ދަތުރު ފަށާފައެވެ.
ސުއެޒް ކެނަލް ބްލޮކް ވުމާއެކު ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ އެސަރަހައްދުގައި ތާށިވެފައި ވެއެވެ. ދުނިޔޭގެ ވިޔަފާރީގެ މުހިއްމު ރޫޓެއްގެ ގޮތުގައި ބެލެވިފައިވާ ސުއެޒް ކެނަލް ބްލޮކް ވުމާއެކު ކާގޯ ބޯޓުތައް ވަނީ މިސްރާބު ބަދަލުކޮށް އެފްރިކާގެ ދެކުނުން ދަތުރުކުރަން ފަށާފައެވެ. އެސަރަހައްދުން ދަތުރު ކުރާނަމަ ދަތުރު އިތުރު ދެހަފުތާ އަށް ދިގުވެގެން ދާކަމަށް އޮފިޝަލުން ބުނެއެވެ.