ސުއެެޒް ކެނަލްގައި ތާށިވި ބޯޓު ފުން ކޮށްފިއެވެ.
ދިގުމިނުގައި 400 މީޓަރު ހުރި އެބޯޑު ސުއެޒް ކެނަލް އިން ދަތުރުކުރަނިކޮށް މިސްރާބު ބަދަލުވެ ވަނީ އެކެނަލް ގައި ހުރަހަށް ތާށިވެފައެވެ. "އެވާ ގިވިން" ނަމަކަށް ކިޔާ އެބޯޓު ސުއެޒް ކެނަލްގައި ތާށިވާން މެދުވެރިވީ ވައިގަދަވުމުގެ ސަބަބުން ކަމަށް ބޯޓުގެ ވެރިފަރާތުން ވަނީ ބުނެފައެވެ.
ހަފުތާއެއްހާ ދުވަހަށް ސުއެޒް ކެނަލް ބްލޮކް ވެފައިވާއިރު ބޯޓު ފުން ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ބޯޓު ބީހިފައި އޮތް ސަރަހައްދު ކޮނުމުގެ މަސައްކަތް ވެސް ރެސްކިއު ޓީމުތަކުން ވަނީ ކޮށްފައެވެ. މީގެ އިތުރުން ބޯޓު ލުއި ކުރުމަށް ބޯޓުގައި ހުރި 20،000 އަށްވުރެން ގިނަ ކޮންޓެއިނަރު ބޯޓުން ބޭލުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ބޯޓު ފުން ކުރުމަށްފަހު އެސަރަހައްދުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަދުގެ ވަގުތެއްގައި އެކެނަލް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ސުއެޒް ކެނަލް ބްލޮކް ވުމާއެކު ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ އެސަރަހައްދުގައި ތާށިވެފައި ވެއެވެ. ދުނިޔޭގެ ވިޔަފާރީގެ މުހިއްމު ރޫޓެއްގެ ގޮތުގައި ބެލެވިފައިވާ ސުއެޒް ކެނަލް ބްލޮކް ވުމާއެކު ކާގޯ ބޯޓުތައް ވަނީ މިސްރާބު ބަދަލުކޮށް އެފްރިކާގެ ދެކުނުން ދަތުރުކުރަން ފަށާފައެވެ. އެސަރަހައްދުން ދަތުރު ކުރާނަމަ ދަތުރު އިތުރު ދެހަފުތާ އަށް ދިގުވެގެން ދާކަމަށް އޮފިޝަލުން ބުނެއެވެ.