ހޮލީވުޑް

ބްރޭޑް ޕިޓް އާއި ޗާލޭޒް ތެރޯން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް

ހޮލީވުޑް ސުޕާ ސްޓާ ކަޕަލް އެންޖެލީނާ ޖޯލީ އާއި ބްރޭޑް ޕިޓް ވަރިވިތާ މިހާރު މި ވަނީ ދެއަހަރު ވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބްރޭޑް މިހާރު އުޅެނީ ހޮލީވުޑްގެ ތަރި ޗާލީޒް ތެރޯންއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.

ބްރޭޑް އާއި ޗާލީޒް ފުރަތަަމަ ފަހަރަށް ބައްދަލުވީ ޗާލީޒްގެ ކުރީގެ ބައިވެރިޔާ ސީން ޕެންގެ ފަރާތުންނެވެ. އަދި މިދިޔަ ހަފުތާގައި އޮތް ޝޯބިޒް ހަފްލާގައި ދެބައިވެރިން އެކީގައި ވަނީ ގިނަ ބަޔަކަށް ފެނިފައެވެ. 

ހަބަރުތައް ބުނާ ގޮތުގައި ބްރޭޑް އާއި ޗާލީޒް ގުޅުނީ މިދިޔަ ޑިސެމްބަރުގައެވެ. ނަމަވެސް އަދި ޗާލީޒް ބްރޭޑްގެ ދަރިންނާ ބައްދަލުކޮށްފައެއް ނުވެއެވެ،

ބްރޭޑް އާއި އެންޖެލީނާގެ ހަ ކުދިން ތިބޭއިރު ޗާލީޒް ގެ ދެދަރިން ތިބެއެވެ.

އެންޖެލީނާއާއި ބްރޭޑް ވަރިވުމަށްފަހު އޭނާ ކުރީގެ އަންހެނުން ޖެނިފާ އެނިސްޓަންއާ ގުޅިގެން އުޅޭ ކަމަށް އަޑުފެތުރުނު ނަމަވެސް އެކަން ބްރޭޑް ވަނީ ދޮގުކޮށްފައެވެ. އަދި ޗާލީޒް އަކީ ވަރިވުމަށްފަހު ބްރޭޑް ފުރަތަމަ ގުޅުނު ބައިވެރިޔާއެވެ.