ކިމް - ޓްރަމްޕް ސަމިޓްގެ ދެވަނަ ބައްދަލުވުން ފެބުރުއަރީ ފަހުކޮޅު ބާއްވާނެ ކަމަށް އިއުލާން ކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން އިއުލާން ކޮށްފައިވަނީ ޓްރަމްޕާއި ކޮރެއާގެ މަންދުބާ ދެމެދު ބޭއްވި މަޝްވަރާތަކަށްފަހުއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި ބޭއްވި ތާރީހީ ސަމިޓަށްފަހު ކޮރެއާގެ ނިއުކްލިއާ މައްސަލައިގައި ގޮތެއް ނިމިފައި ނުވާއިރު މިފަހަރުގެ ސަމިޓުގައިވެސް މިކަމާ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވައިޓްހައުސްއިން ވަނީ ކިމް - ޓްރަމްޕް ސަމިޓްގެ ދެވަނަ ބައްދަލުވުން އޮންނާނެކަމަށް ޓްވީޓް ކޮށްފައެވެ.
ދެވަނަ ބައްދަލުވުން ބާއްވާނެ ވަކިތަނެއް ބުނެފައި ނުވިނަމަވެސް ބޮޑަށް ލަފާކުރެވެނީ ވިއެޓްނާމްގައި ކަމަށް ނޫސްތަކުން ބުނެއެވެ.