މިޔަންމާގެ ބަގާވާތާ ދެކޮޅަށް ކުރި މުޒާހަރާއެއް ބޮޑު ގަތުލުއާމަކަށް ގޮސް ގިނަބަޔަކު މަރުވެއްޖެއެވެ.
ބަގާވާތަކުން ސަރުކާރު ވައްޓާލުމާއެކު މިޔަންމާގެ އާންމުން ވަނީ މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ކުރަން ފަށާފައެވެ. އިއްޔެ އެގައުމުގެ މުޒާހަރާގައި ބައިވެރިވި 38 މީހަކު މަރުވެފައިވާ ކަމަށް އދ އިން އެގައުމަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވަނީ ވިދާޅުވެފައެވެ.
މިޔަންމާގައި ކުރާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސިފައިން މުޒާހަރާތެރެއަށް ބަޑިޖަހާކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.
މިޔަންމާގެ މައްސަލައިގެ ތެރެއަށް ބޭރުގެ ބޮޑެތި ގައުމުތަކުން ވަންނަން ފަށާފައިވާއިރު މި މައްސަލައަށް އަވަސް ހައްލެއް ގެނެވޭނެ މަގަކުން މަސައްކަތް ކުރުމަށް ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.
އދ އިން ވަނީ މިޔަންމާގެ މައްސަލައިގައި ގޮތެއް ނިންމުމަށް އދ ގެ ސެކިއުރިޓީ ކައުންސިލް އިން މިއަދު ބައްދަލުވުމެއް ބާއްވާނެ ކަމަށް ބުނެފައެވެ.