ނިއު ޒިލޭންޑަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީއެއްގެ އިންޒާރު ދީފިއެވެ.
ނިއު ޒިލޭންޑުގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، 7.3 މެގްނިޓިއުޑުގެ ބާރުމިނުގައި އެ ބިންހެލުން އައިސްފައިވަނީ އެގައުމުގެ އުތުރަށް ކަމަށެވެ. ނަމަވެސް ފަހުން ބިންހެލުމުގެ ބާރުމިން ވަނީ 6.9 މެގްނެޓިއުޑަށް ދަށްކޮށްފައެވެ.
ކަނޑު އަޑިން 10 ކިލޯމީޓަރު އަޑިއަށް އައި އެ ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ، އެ ބިންހެލުމާ ގުޅިގެން ނިއު ޒިލެންޑުގެ އައްސޭރި ފަށުގެ 300 ކިލޯމީޓަރުގެ ސަރަހައްދަކަށް ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.