މުހައްމަދު އައުޒަމް
މިޔަންމާގައި ކުރަމުންދާ މުޒާހަރާތެރެއަށް ބަޑިޖަހައި 18 މީހަކު މަރާލައިފިއެވެ.
މިޔަންމާގެ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އެގައުމުގެ ސަރުކާރު ބަގާވާތަކުން ބަދަލުކޮށް ލީޑަރުން ހައްޔަރުކޮށް ހުރިހާ ބާރުތަކެއް މިލިޓަރީގެ ދަށަށް ގެންގޮސްފައި ވާއިރު އެގައުމުގައި އާންމުން ނިކުމެ އަންނަނީ ބަގާވާތާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ.
މިޔަންމާގެ އެކި ސަރަހައްދު ތަކުގައި ކުރަމުންގެންދާ ބޮޑެތި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ މިލިޓަރީން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެގޮތުން މުޒާހަރާގެ ތެރެއަށް ކަރުނަ ގޭސް ޖަހާފައިވާއިރު މިލިޓަރީން ވަނީ އަސްލު ބަޑި ބޭނުން ކުރުމުގެ ހުއްދަވެސް ދީފައެވެ.
އިއްޔެ އެގައުުމުގައި ކުރި މުޒާހަރާތެރެއަށް ބަޑިޖަހައި 18 މީހަކު ވަނީ މަރާލައިފައެވެ. މުޒާހަރާތެރެއަށް ބަޑިޖަހާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވައިރަލް ވެފައިވެއެވެ.
މިޔަންމާގެ އާންމުންނާއި ސިވިލް މުވައްޒަފުން ވަނީ ގައުމު ހުއްޓުމަކަށް ގެނައުމަށް މަދަނީ ބަސްނޭހުމަކަށް ގޮސް މުޒާހަރާތައް ފުޅާ ވެސް ކޮށްފައެވެ.