ދުނިޔެ

ކޮވިޑްގެ އާ ވޭރިއަންޓްތައް ފެންނަން ފެށުމާއެކު ފަލަސްތީނުގެ ސްކޫލްތައް ބަންދުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑްގެ އާ ވޭރިއަންޓްތައް ފެންނަން ފެށުމާއެކު ފަލަސްތީނުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ފަލަސްތީނުން ވަނީ އެގައުމުގެ ކޮވިޑް ކޭސްތައް އާ ވޭރިއަންޓުގެ ސަބަބުން އިތުރުވާން ފެށުމާއެކު ސްކޫލުތައް 12 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ނިންމާފައެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަޓައްޔާހް އެގައުމުގެ ޓީވީ މެދުވެރިކުރައްވައި މައުލޫމާތުދެއްވަމުން ވިދާޅުވީ އެގައުމުގެ ހުރިހާ ސްކޫލްތައްވެސް ބަންދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ފަލަސްތީނުން ވަނީ ޔޫކޭއިން ފެނުނު ވޭރިއަންޓުގެ އިތުރުން އެފްރިކާއިން ފެނުނު ވޭރިއަންޓްގެ ގިނަ ކޭސްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ.

ކޮވިޑް ކޭސްތައް އިތުރުވެފައިވާއިރު ފަލަސްތީނުގެ އައިސީޔޫ އެނދުތަކުގެ 95 އިންސައްތަ ފުރިފައިވާކަމަށާއި ވައިރަސް ފެތުރުން ހަލުވި ވެފައިވާކަމަށްއެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފަލަސްތީނުން މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ދެލައްކައާއި ގާތްކޮށްފައިވާއިރު އެގައުމުން މަރުވި މީހުންގެ އަދަދު 2000 އަރާފައިވެއެވެ.