އިބްރާހިމް ޒަކީ
މޯލްޑިވް ގޭސްއަށް އޮކްސިޖަން ސިލިންޑަރު ސަޕްލައިކުރި ފަރާތުގެ ހަރަދުގައި އެ ކުންފުނީގެ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރު (މިހާރުގެ އެކްޓިންގެ މެނެޖިންގ ޑިރެކްޓަރު) ސިންގަޕޫރަށް ދަތުރުކޮށްފައިވާކަމަށް ތުހުމަތު ކުރާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރ ޕްރައިސަސް ކޮމިޓީ (އެސްއޯއީ)ން މިއަދު ބަލަން ނިންމައިފިއެވެ.
މި މައްސަލައާ ބެހޭގޮތުން މަޝްވަރާކުރަން އެ ކޮމިޓީއަށް އެޖެންޑާ ކޮށްފައި ވަނީ މިއަދު 2:00 އަށެވެ.
މަނީ ލޯންޑަރިންގެ މައްސަލައެއް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ގެ މައްޗަށްވެސް ވަނީ އުފުލައިފައެވެ. އެ މައްސަލައާ ގުޅިގެން 15 އޮކްޓޫބަރު 2019 އިން ފެށިގެން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިކްރާމް ހަމަޖެއްސީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ސަސްޕެންޑުކުރުމުންނެވެ.