އެމޭޒަންގެ ސީއީއޯ ކަމުން ޖެފް ބެޒޮސް އިސްތިއުފާ ދީފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ޖެފް ބެޒޮސް، އެމޭޒަންގެ ސީއީއޯ ކަމުން އިސްތިއުފާ ދިން ނަމަވެސް، ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ހުންނާނެ އެވެ. އަދި އެމޭޒަންގެ ސީއީއޯގެ މަގާމަށް އެމޭޒަންގެ ކްލައުޑް ކޮމްޕިއުޓިން ބިޒްނަސްގެ ހެޑް އެންޑީ ޖެސީ ވަނީ ހަމަޖައްސައިފަ އެވެ.
މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ގަރާޖެއްގައި ފެށި އެމޭޒަން ކުންފުނީގެ ވިޔަފާރި ފުޅާވެ، މިހާރު އެމޭޒަން ވެފައިވަނީ އީކޮމާސް އިންޑަސްޓްރީގެ އެންމެ ބޮޑު ކުންފުންޏަށެވެ. އެމޭޒަންގައި މިހާރު 1.3 މިލިއަން މުވައްޒަފުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރެ އެވެ.
ބެޒޮސް ވަނީ އޭނާ ދެން މަސައްކަތް ކުރާނީ އާ ކަންކަން ތައާރަފު ކުރުމުގެ އިތުރުން އަމިއްލަ އުފެއްދުންތައް ކުރިއެރުވުމުގެ މަސައްކަތުގައިކަން ހާމަކޮށްފަ އެވެ.