އެމްއެންޑީއެފް

މަނަދޫ ކައިރިއަށް ލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ނ. މަނަދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި ދެމީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މަނަދޫ ކައިރިއަށް ލަނޑާ ނަގަން ފޭބި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:14 ގައި ކަމަށެވެ. އަދި އޭނާ ލަނޑާ ނަގަން ދިޔައީ ''މަލަކް މެލޮޑީ'' ނަމަކަށް ކިޔާ ދޯންނެއްގައި ކަމަށާއި ގެއްލިގެން ހޯދަމުން އަންނަނީ ނ. މިލަދޫ އުމުރުން 24 އަހަރުގެ އަބްދުﷲ ޝާމިން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ގެއްލުނުއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޖާޒީއަކާއި ފެހި ކުލައާއި ކަޅު ކުލައިގެ އިތުރުން ހުދުކުލަ ހިމެނޭ ސޯޓެކެވެ. އަދި އަޅައިގެން ހުރީ ކަޅު ކުލައިގެ މާސްކެއް ކަމަށާއި އަރައިގެން ހުރީ ހުދުކުލައާއި ކަޅުކުލަ ހިމެނޭ ފިންސަކަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.