ދުނިޔެ

އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ

މުހައްމަދު އައުޒަމް

1

އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

އިނގިރޭސި ބޮޑުވަޒީރު ރެތޭސާ މޭގެ އިސްނެންގެވުމުގެ މަތިން އީޔޫއިން ވަކިވުމަށް ފެއްޓެވި ބްރެކްސިޓް ޑީލްއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްވާ ވަރަށް ވޯޓު ނުލިބުމުން ނާކާމިޔާބު ވެފައިވާ އިރު މިއީ އިނގިރޭސި ބޮޑުވަޒީރަކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުވާ ބިލެއް ވޯޓު ނުލިބި ބޭރުކޮށްލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ބްރެކްސިޓް ޑީލް ނާކާމިޔާބު ކޮށްލުމަށް މަޖިލީހުގެ 432 މެމްބަރުންގެ ތެރެއިން 230 މެންބަރުން ވޯޓު ދީފައިވާއިރު މިބިލަށް ތާއީދުކޮށް 202 މެންބަރަކުވަނީ ވޯޓު ދީފައެވެ. ސަރުކާރު ހިންގާ ޕާޓީގެ 118 މެންބަރުންނާއެކު ނާކާމިޔާބު ކޮށްލި މިބިލާއެކު އިނގިރޭސި ސަރުކާރަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިލާން ޖެހިފައެވެ.

އިނގިރޭސި ގާނުނު ހަދާ މަޖިލީހުގައި ބްރެކްސިޓް ޑީލްއަށް ނޫނެކޭ ބުނުމާއެކު އެގައުމުގެ އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ ބޮޑުވަޒީރު ތެރޭސާ މޭ ގެ އިތުބާރު ނެތްކަމުގެ ވޯޓުލުމަށް ހުށަހަޅައިފައެވެ. ބްރެކްސިޓްއަށް ގިނަ މެންބަރުން ދެކޮޅުކެދި ނަމަވެސް ތެރޭސާ މޭގެ އިތުބާރު ނެތްކަމުގެ ވޯޓަށް ތާއީދު ނުކުރާނެ ކަމަށް ގިނަ މެންބަރުން ވަނީ ބުނެފައެވެ. އަދި ސަރުކާރު ހަމަ މަގަށް އެޅުމުގައި އެއްބާރުލުން ދިނުން މުހިންމު ކަމަށް ގިނަ މެންބަރުން ވަނީ ބުނެފައެވެ.

ބްރެކްސިޓް ޑީލްއަށް ގާނޫނު ހަދާ މަޖިލީހުން ނޫނެކޭ ބުނުމުން މަޖިލީހުގެ ބޭރުގައި ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށްފައެވެ.

ބްރެކްސިޓްޑީލް ކާމިޔާބު ވިނަމަ މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތް އީޔޫއިން ވަކިވާނެ އެވެ. ނަމަވެސް ވޯޓު ނާކާމިޔާބުވުމުން މިވަނީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި އެކްޝަން ޕްލޭނެއްގެ ދަށުން ތިން ދުވަސްތެރޭގައި ގިނަ ކަންތައްތަކެއް ކުރަން ޖެހިފައެވެ. އެގޮތުން އީޔޫގެ އެއްބަސްވުން އިތުރުކޮށް ގުޅުން ބަދަހި ކުރުމުގެ ގިނަ ނިންމުންތަކެއް ނިންމަން ޖެހޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟