ދުނިޔެ

ސައުދީން ފިލަން ބޭނުންވާ މީހުންނަށް އަހަރެންގެ ސަބަބުން ހިތްވަރު ލިބޭނެ: ރަހަފް

މުހައްމަދު އައުޒަމް

1

ސައުދީ އަަރަބިއްޔާ އިން ފިލަން ބޭނުންވާ މީހުންނަށް އޭނާގެ ސަބަބުން ހިތްވަރު ލިބޭނެ ކަމަށް އާއިލާއިން މަރާލާނެ ކަމުގެ ބިރަށް ސައުދީން ފިލި، ޒުވާން އަންހެން ކުއްޖާ ރަހަފް ބުނެފިއެވެ.

އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލްގުނަން އަމިއްލަ ގައުމު، ސައުދީ އަރަބިއްޔާއިން ފިލާފައި ވަނީ އޭނާގެ އާއިލާ އިން އޭނާ މަރާލާނެކަމުގެ އިންޒާރު ދިނުމުންނެވެ.

ރަހަފް ވަނީ، އޭނާ ފިލުމަށްފަހު ފުރަތަމަ ދިން އިންޓަވިއު ގައި އޭނާގެ އާއިލާގެ ފަރާތުން ކުރިމަތިވި ތަފާތުކުރުންތަކާއި ބިރުވެރިކަމުން ސަލާމަތް ވެފައިވާކަމަށް ބުނެފައެވެ. ރަހަފް ބޭނުން ވަނީ މިނިވަން ކަމާއެކީ ދިރިއުޅެން ކަމަށް ވަނީ ބުނެފައެވެ.

ރަހަފް ވަނީ ސައުދީން ފިލައިގެން ދާން ބޭނުންވާ ގިނަ އަދަދެއްގެ އަންހެނުން ތިބިކަމަށާއި، އޭނާގެ ސަބަބުން އެމީހުންނަށް ހިތްވަރު ލިބި، ސައުދީން ފިލާ މީހުންގެ ނިސްބަތް އިތުރުވެގެން ދާނެކަމަށް ބުނެފައެވެ.

ރަހަފް ފިލާފައިވަނީ ކުވައިތަށް ދަތުރު ކުރި މަގުމަތީގައެވެ. އޭނާ ވަނީ ތައިލެންޑު މަގުން އޮސްޓްރޭލިއާ އަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވިސާގެ މައްސަލައަކާ ގުޅިގެން ރަހަފް ވަނީ ތައިލެންޑުގައި ތާށިވެފައެވެ. ނަމަވެސް އދ އިން ރަހަފް އަށް ރެފިއުޖީއެއްގެ ލަގަބު އެރުވުމުން ކެނެޑާއިން ވަނީ ރަހަފް އަށް ހިމާޔަތް ދީފައެވެ. މިހާރު ރަހަފް ވަނީ ކެނެޑާގައި ދިރިއުޅުން ފަށާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟