ބަންގްލަދޭޝް

ސަން އައިލެންޑް ރިސޯޓުގައި ދަންޖެހިގެން ބިދޭސީއަކު މަރުވެއްޖެ

ސަން އައިލެންޑް ރިސޯޓުގައި ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސަން އައިލެންޑް ރިސޯޓުގައި އުމުރުން 40 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ދަންޖެހިގެން މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:30 ގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމީހާ ދަންޖެހިފައި ހުރީ ސްޓާފުންގެ އޭރިޔާގައި ހުރި ގަހެއްގައި ކަމަށާއި އެކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ދަންޖެހިފައި ހުއްޓައި ފެނުނީ ރިސޯޓު ކުނިކަހާ ބަޔަކަށެވެ.