ހޮލީވުޑް

އަކުއާމޭންއަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު

މިދިޔަ މަހު ރިލީސްކުރި ފިލްމް އަކުއާމޭންއަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމަށް ވަނީ މިހައިތަނަށް އެއް ބިލިއަން ޑޮލަރު ލިބިފައެވެ.

މިލިބުނު ކާމިޔާބީ އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ ފިލްމުގެ ލީޑް ތަރި ކަމުގައިވާ "އަކުވާމޭން" ޖޭސަން މޮމޯ އެވެ.

ޖޭސަން ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓަކާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުގައި އޭނާ ފުރަތަމަ ކުޅުނު ފިލްމަކީ ބޭވޮޗް އެވެ. އަދި އޭގެ ފަހުން ނުކުމެވުނީ ސުޕާހީރޯއެއްގެ ރޯލުން ބިލިއަން ޑޮލާ ޓެރިޓަރީއަކަށް ކަމަށް ޖޭސަންގެ ޕޯސްޓުގައި ވެއެވެ. ޖޭސަން ވަނީ އަމިއްލައަށް އޭނާ އަކީ ބިލިއަން ޑޮަލާ އަންޑާޑޯގެއް ކަމަށް ބުނެފައެވެ.

ޖޭސަން އިތުރަށް ބުނީ އެއްވެސް މީހަކަށް ކުރިއަށް ދެވޭނީ ފޭނުންގެ ލޯބި ލިބިގެން ކަމަށާއި އޭނާގެ ކާމިޔާބީ އަކީ އޭނާގެ ފޭނުންކަމަށެވެ.

އަދި ފިލްމުގެ އެގެޒެކެޓިވް ޕްރޮޑިއުސަރު ޒެކް ސިންޑާ އޭނާއަށް ފިލްމުގެ ލީޑް ރޯލު ކުޅުމަށް ފުރުސަތު ދިނުމާއި ފިލްމުގެ ޑައިރެކްޓަރު ޖޭމްސް ވޭން ވަނީ ފިލްމުގައި "ބިއުޓިފުލް ވޯލްޑް"އެއް ހަދައިދީފައިކަމަށް ޖޭސަން ގެ ޕޯސްޓުގައި ވެއެވެ. އަދި އެކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އަކުއާމޭންގައި ޖޭސަންގެ އިތުރުން ނިކޯލް ކިޑްމޭން އާއި އެމްބާ ހާޑް އަދި ވިލޭމް ޑަފޯ ލީޑް ރޯލުން ފެނިގެން ދެއެވެ.

ވަނާ ބްރޯސް ބުނާ ގޮތުން މި ފިލްމަކީ ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. 2012 ވަނަ އަހަރު ރިލީސްކުރި ފިލްމު "ދަ ޑާކް ނައިޓް ރައިސަސް" ވަނީ 1.08 ބިލިއަން ޑޮލަރާ އެކު ބޮކްސް އޮފީހުގެ އެންމެ ކުރީގައެވެ.