އެމްއެންޑީއެފް

ފަސްމީހުންނާއެކު ދަތުރުކުރި ދޯންޏެއް އިންޖީނު ހުއްޓިގެން ސިފައިން އެހީތެރިވެއްޖެ

ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް، އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ''ހާބަރ ކްއީން2'' ނަމަކަށް ކިޔާ އެދޯނި ގދ. ފިޔޯރީ ކަނޑުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 4:37 އެހާކަށްހާއިރު ކަމަށާއި އަދި ދޯނީގެ އިންޖީނު ރަނގަޅުކޮށްގެން މިހާރު އައްޑޫ ސިޓީއަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.