ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް އަރައިފިއެވެ.
މަޝްހޫރު ކާރު ކުންފުނި ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާގެ މިލްކިއަޔާތަށް ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓެސްލާގެ ޝެއާ މަތިވުމާ ގުޅިގެންނެވެ.
އެލޮން މަސްކްގެ މިލްކިއްޔާތު ވަނީ 185 ބިލިއަން ޑޮލަރަށް އަރާފައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު 2017 ވަނަ އަހަރުން ފެށިގެން ދިފާއުކުރަމުންދިޔައީ އެމޭޒަންގެ ފައުންޑަރު ޖެފް ބެޒޮސްއެވެ.
އެލޮން މަސްކްގެ ކާރު ކުންފުނި ޓެސްލާ ވަނީ ފައިދާއާއެކު 700 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ވެފައެވެ. ޓެސްލާގެ އަގުވަނީ ބޮޑެތި ކާރު ކުންފުނިތައް ކަމުގައިވާ ޓޯޔޯޓާ އާއި ހިއުންޑާއިގެ އިތުރުން ފޯޑަށް ވުރެވެސް މަތިވެފައެވެ.