އިންޑޮނޭޝިއާއިން ކޮވިޑް ވެކްސިން ޕްރޮގްރާމް މިމަހު 13 ގައި ފަށަން ނިންމައިފިއެވެ.
ކޮވިޑުން ސަލާމަތް ވުމަށް އަޅާ އެންމެ ބޮޑު ފިޔަވަޅެއްގެ ގޮތުން އިންޑޮނޭޝިއާއިން ވެކްސިން ޕްރޮގްރާމް ފަށާއިރު ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ވެރިރަށް ޖަކާޓާގައެވެ.
އިންޑޮނީޝިއާގެ ހެލްތު މިނިސްޓަރު ވަނީ ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން އެގައުމުން ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރައީސް ޖޯކޯ ވިޑޯޑޯ އަށް ކަމަށް ވިދާޅުވެފައެވެ.
އިންޑޮނޭޝިއާއިން ވެކްސިން ދޭން ފަށާއިރު އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ 1.3 މިލިއަން މީހުންނަށެވެ.
ވެކްސިން ޕްރޮގްރާމަށް ބޭނުންވާ ވެކްސިން މިހާރު އެގައުމަށް ލިބިފައިވާ ކަމަށްވެސް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އިންޑޮނޭޝިއާއިން ވަނީ ޗައިނާގެ ސައިނޯވެކްގެ 3 މިލިއަން ޑޯޒްގެ ވެކްސިން އެގައުމަށް އެތެރެކޮށްފައެވެ.