އީރާންގެ ކާގޯ ފްލައިޓެއް ވެއްޓި ދިހަ މީހުން މަރުވެއްޖެއެވެ.
ބޯއިންގ 707 މަރުކާގެ މިފްލައިޓް ވެއްޓިފައި ވަނީ އީރާންގެ ވެރިރަށް ތެހެރާންގެ ފޭތް އެއާޕޯޓަށެވެ.
ފްލައިޓުން ދަތުރުކުރި ދިހަމީހުން މަރުވެފައިވާކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ. އީރާންގެ އިމަޖެންސީ ޑިޕާޓްމަންޓުން ވަނީ މި ފްލައިޓު ވެއްޓެން ދިމާވިސަބަބު އަދި ނޭނގޭކަމަށް ބުނެފައެވެ. ސަބަބު ހޯދަން ތަހުގީގު ފަށާފައިވާއިރު އިރާންގެ ގައުމީ ޓީވީން ވަނީ ބޯޓުން ދަތުރުކުރި ދިހަ މީހުން މަރުވެފައިވާކަމަށާއި ވެއްޓުނު ސަރަހައްދުގައި ދުން ބޯވެފައި ވާކަމަށް ބުނެފައެވެ.
ވެއްޓުނު ފްލައިޓަކީ ކޮން ގައުމެއްގެ ފްލައިޓެއްކަމެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.