ޕީޕަލްސް ނެޝަނަލް ކޮންގްރެސް

މިސަރުކާރުގެ އެންމެ ހިންގުންތެރި ވަޒީރަކީ ޓްރާންސްޕޯޓް މިނިސްޓަރު: ޕީއެންސީ

ޝަހީދާ އަބްދުﷲ ސައީދު

2

މިސަރުކާރުގެ އެންމެ ހިންގުންތެރި ވަޒީރަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރަގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގައި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަރުގެ ވަރުގަދަ ވަޒީރަކު ނެތް ކަމަށެވެ.

އަދި މިނިސްޓަރު ނަހުލާ މިއަދު ފެނިގެންދަނީ އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހީމް ފަދަ ވަރުގަދަ ލީޑަރަކަށް ވެގެންދާތަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި އަދި މީގެ ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަން ކުރެއްވި ބޭފުޅުން އެބަ ތިއްބެވި ކަމަށާއި ނަމަވެސް އެބޭފުޅުންނަށް މިނިސްޓަރު ނަހުލާ ކައިރީ ހިފަހައްޓާނުލެވިގެން އުޅޭ ކަމަށެވެ.

އަދި އެކަމަނާއާ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތުތައް އަދާކުރައްވައި، ނަތީޖާ ނެރެދެއްވާ މަންޒަރު ފެންނަ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް، މިނިސްޓަރު ނަހުލާއަށް ތައުރީފުކުރައްވައި ވާހަކަދެއްކެވި އިރު މިނިސްޓަރު ނަހުލާގެ ހިންގުންތެރި ކަމަށް އާންމުންގެ ގިނަ ބަޔަކުވެސް ގެންދަނީ ފާހަގަކުރަމުންނެވެ.

މިނިސްޓަރު ނަހުލާގެ މަސައްކަތްޕުޅަށް ބަލާއިރު ޒަމާނުއްސުރެ މާލެ ސަރަހައްދުގައި އޮތް ޓެކްސީ ޑްރައިވަރުންގެ މައްސަލަތައް ހައްލުކުރައްވައި، ދާދިފަހުން ވަނީ އެކަމަށް އުސޫލުތަކެއް ކަނޑައަޅުއްވައިފައެވެ.

އަދި ބުރިޖާއި ހައިވޭގައި ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައެޅުމުގެ މަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެމައްސަލައިގެ ޝަކުވާ އައުމާއެކު އާންމުންގެ ޝަކުވާތަކަށް މިނިސްޓަރު ނަހުލާ ޖަވާބުދެއްވީ އަމަލީ ގޮތުން އެކަމަނާ މަގުތަކަށް ނުކުމެވަޑައިގެން ޓެކްސީތަކުގައި ދަތުރު ކުރައްވައި، އެކަން ތަޖުރިބާ ކުރައްވައިގެންނެވެ. 

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟