މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ހުސައިން ޝަރީފް، މުންދު ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
މިދެބޭފުޅުންވެސް ޕީއެންސީއަށް ސޮއިކުރައްވައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ކުރީގެ ލީޑާޝިޕުގެ އިސްނެންގެވުމުގެ ދަށުން އުފެއްދި ޕީއެންސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު އިލެކްޝަނަށް އެ ޕާޓީގެ ފަރާތުން 4000 ފޯމު ހުށަހަޅާފައިވާއިރު، އިލެކްޝަނުން ވަނީ ހުށަހެޅި ފޯމުތަކުގައި މައްސަލަ ހުރިކަމަށާއި އެކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.