ދުނިޔެ

ޕެރިސްގައި ބޭކަރީއެއް ގޮވައި އެތައް ބަޔަކަށް އަނިޔާވެއްޖެ

މުހައްމަދު އައުޒަމް

ޕެރިސްގައި ބޭކަރީއެއް ގޮވައި އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގެ ބޭކަރީ ގޮވުމަށް މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތުދެއެވެ.

ހާދިސާ ހިނގުމާއެކު އަލިފާން ނިއްވާ ފަރާތްތަކުން ވަނީ އަނިޔާވެފައިވާ މީހުން އެއިމާރާތުން ނެރެ އެސަރަހައްދު ހުސްކޮށްފައެވެ. މިހާދިސާގައި އެ ބޭކަރީ ހުރި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގި މަންޒަރު ދުށް ފަރާތަކުން މީޑިއާ ތަކަށް ބުނީ މިހާދިސާ ހިނގި ވަގުތު ބޮޑު އަޑުފައްގަނޑެއް އިވިފައިވާ ކަމަށާއި މީހުން އެކި އެކިދިމާއަށް ދުވަން ފެށިކަމަށެވެ.

ފްރާންސްގެ ފުލުހުން ވަނީ މިހާދިސާ ތަހުގީގު ކުރަން ފަށައިފައެވެ.