އިންޑޮނީޝިއާ އިން ޗައިނާގެ ކޮވިޑް ވެކްސިންގެ ބޮޑު ސްޓޮކެއް ގެންގޮސްފިއެވެ.
އިންޑޮނީޝިއާގެ ރައްޔިތުންނަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ ޗައިނާ ބަޔޯއެންޓެކް އިން އުފައްދާފައިވާ ކޮވިޑް ވެކްސިން ސައިނޯވެކްގެ 1.2 މިލިއަން ޑޯޒް އެގައުމަށް ލިބިފައިވާ ކަމަށެވެ.
ރައީސް ޖޯކޯ ވަނީ އެގައުމަށް އަންނަ މަހުގެ ކުރިކޮޅުވެސް އިތުރު 1.8 މިލިއަން ޑޯޒް ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރައިސް ޖޯކޯ ވަނީ އެގައުމަށް ލިބިފައިވާ ވެކްސިން އިވެލުއޭޓް ކުރުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އެޖެންސީ އިން ފަށާފައިވާ ކަމަށާއި ގައުމުގެ 270 މިލިއަން އާބާދީ އަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ފަށައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އިންޑޮނީޝިއާއިން މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ކޮވިޑް ކޭސް ރެކޯޑް ކޮށްފައިވާއިރު އެގައުމުން މިހާތަނަށް 17 ހާހަށްވުރެ ގިނަ މީހުން ބަލިޖެހިގެން މަރުވެފައިވެސް ވެއެވެ.