އެމްއެންޑީއެފް

ރީތި ބީޗު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބ. އަތޮޅު ރީތި ބީޗު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 11:34 އެހާކަށްހާއިރު ކަމަށެވެ. އަދި އެވަގުތު އެމްއެންޑީއެފް ނޮދާން އޭރިއާ ނައިފަރު ފަޔާ ސްޓޭޝަނުގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ރިސޯޓުގެ އިންޖީނުގެ އާއި ވޯކްޝޮޕްގައި ރޯވުމާއެކު ރިސޯޓުގެ އަލިފާން ނިއްވާ ޓީމުގެ މަސައްކަތުން މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މައުލޫމާތު ދެއެވެ.

ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެރިސޯޓުގައި 200 ފަތުރުވެރިން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ދާދިފަހުން ވަނީ ގިލި ލަންކަންފުށި ރިސޯޓުގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މިހާރު ވަނީ ރިސޯޓު ބަންދުކޮށްފައެވެ.