ހުސްނުއްސުއޫދު

ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެންދާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް: ސުއޫދު

ޝަހީދާ އަބްދުﷲ ސައީދު

19 އޮގަސްޓް 2014 ވަނަ އަހަރު ބޭއްވި އެއްވުމުގައި ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.

ސުއޫދު ވަކި ތާރީޚެއް ކަނޑައަޅުއްވައި އެހެން ވިދާޅުވިއިރު 19 އޮގަސްޓް 2014 ގައި ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާނުގެ މައްސަލައިގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފައެވެ. ރިލްވާނުއަށް ވީނުވީއެއް އަންގައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ އެއްވުމުގައި ގޮވާލާފައި ވެއެވެ.

ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ރިލްވާންގެ މައްސަލައާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމު އަލީގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވެސް ހިމެނެއެވެ.