އަލީ ޔާމިން
ކަނޑުމަތީ ހާލުގައި ޖެހިފައި އޮތް ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފުން އެރީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުން އަންނަ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ހދ.ކުމުންދޫގެ ބޭރުން އެ ދެ ބޯޓު ފެނިފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެ ދެ ބޯޓު ފެނިގެން އެކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު ކަމަށްވެސް ބުންޏެވެ.
ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ކިޔާ ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމަށާއި "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށްވެސް އެމްއެންޑީއެފުން ންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ދެ ބޯޓުގައި ތިބި ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި އެ ދެބޯޓު މިއަދު ހެނދުނު 10:45 ހާއިރު ހދ.ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.
އެ ދެ ބޯޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ސަރުކާރުން ބަލަމުން އަންނައިރު ބޯޓުގެ ވެރިންނާއި މިހާރު ގުޅިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.