ކެނެޑާގައި ބަސް އެކްސިޑެންޓެއް ހިނގައި ތިން މީހުން މަރުވެއްޖެއެވެ.
ކެނެޑާގެ އޮޓަވާގައި މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ޑަބަލް ޑެކަރ ބަހެއް ބަސް ސްޓޭޝަންގެ ޕްލެޓްފޯމްގައި ޖެހިގެންނެވެ. މިހާދިސާގައި 20 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އޮޓަވާގެ މޭޔަރު ވިދާޅުވީ މަރުވި ތިން މީހުންގެ ތެރެއިން ދެމީހުންނަކީ އެބަހުން ދަތުރުކުރި ދެމީހުން ކަމަށާއި އަނެއް މީހާ ހުރީ ބަސް ސްޓޭޝަންގައި ކަމަށެވެ.
އޮޓަވާގެ ފުލުހުން ވަނީ ބަސް ދުއްވި ޑްރައިވަރު ހައްޔަރުކޮށް މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފަށައިފައެވެ.