ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު އިލެކްޓްރިކް ކާރު އުފައްދާ އެންމެ ބޮޑު ކުންފުނި ޓެސްލާގެ ޗީފް އެލޮން މަސްކް ހޯދައިފި އެވެ.
އެމެރިކާގެ މީޑިއާ ކުންފުނި، ބްލޫމްބާގްގެ ލިސްޓް އޮފް ބިލިއަނާސްގައި މަސްކް ދެވަނައިގައި ހިމެނިފައިވަނީ ބިލް ގޭޓްސް ވައްޓާލުމަށްފަހުގަ އެވެ.
އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އުމުރުން 49 އަހަރުގެ މަސްކުގެ މިލްކިއްޔާތުގައި 128 ބިލިއަން ޑޮލަރު އެބަ ހުއްޓެވެ. އަދި މިދިޔަ ހޯމަ ދުވަހު އެކަނި ވެސް މިލްކިއްޔާތަށް 7.2 ބިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ބްލޫމްބާގުން ފާހަގަކޮށްފައިވެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު މިވަގުތު އޮތީ އެމަޒަންގެ ފައުންޑަރު އަދި ސީއީއޯ ޖެފް ބެޒޮސްގެ އަތުގަ އެވެ. އޭނާގެ މިލްކިއްޔާތުގައި 182 ބިލިއަން ޑޮލަރު އެބަހުއްޓެވެ.