ތޫފާން ވެމްކޯގައި މަރުވި މީހުންގެ އަދަދު 53 އަށް އަރައިފިއެވެ.
ފިލިޕީންސް އަށް އަރާފައިވާ ބާރު ގަދަ ތޫފާން ވެމްކޯގެ ސަބަބުން އެގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ސަބަބުން އިތުރު 22 މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށްވެސް އެގައުމުގެ ފުލުހުން ބުނެފައި ވެއެވެ.
ފިލިޕީންސްގެ ނެޝަނަލް ޕޮލިސް އިން ވަނީ އެގައުމުން ގެއްލިގެން ހޯދަމުން އަންނަ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށާއި މަރުވާމީހުންގެ އަދަދުވެސް އިތުރު ވާނެކަމަށް ލަފާކޮށްފައެވެ.
ފިިލިޕީންސް ސަރުކާރުން ވަނީ އެގައުމުގެ އާބާދީގެ 70 އިންސައްތަ މީހުންނަށް މިތޫފާނުގެ އަސަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.
ވެމްކޯގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު ވަގުތީ ހިޔާތައް ފުރިފައިވާ ކަމަށް އެގައުމުން ބުނެފައި ވެއެވެ. ސަރުކާރުން ވަނީ މިކަމުގެ ސަބަބުން ކޮވިޑްގެ ހާލަތަށް އިތުރަށް ނުރައްކާ ވާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.