ތޫފާން ވެމްކޯ ފިލިޕީންސަށް އަރައި ބޮޑެތި އެގައުމަށް ގެއްލުންތަކެއް ވެއްޖެއެވެ.
ތޫފާން ވެމްކޯގެ ސަބަބުން ފިލިޕީންސުން މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު 10 މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފައި ވެއެވެ.
މިހާތަނަށް 180،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ފިލިޕީންސްގެ މީޑިއާއާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
މީގެ 10 ދުވަސް ކުރިން އެގައުމަށް އެރި ތޫފާން ގޯނީގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ސަރަހައްދުތަކަށްވެސް ވެމްކޯ ގެ ސަބަބުން ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
ފިލިޕީންސްގެ ޖިއޯފިޒިކަލް އެންޑް އެސްޓްރޯނޮމިކަލް ސާވިސް އެޑްމިނިސްޓްރޭޝަން އިން ވަނީ ތޫފާން ވެމްކޯގެ ބާރު މިހާރު ހުރީ ކެޓަގަރީ ދޭއްގެ ތޫފާނަކާ އެއްވަރަށް ކަމަށް ބުނެފައެވެ.