ޝަހީދާ އަބްދުﷲ ސައީދު
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށްފަހު މިއަދުން ފެށިގެން ޓިކެޓް ވިއްކަން ފަށައިފި އެވެ.
އައިލޭންޑްއޭވިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމު ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށާއި މިއަދުން ފެށިގެން ހެޔޮ އަގުގައި ވިއްކަމުންދާނެ ކަމަށެވެ.
އަދި އަގުތައް ކުޑަކުރުމުގައި އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދުތަކަށް އިސްކަންދީފައިވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގެނައި ބަދަލާއެކު އަގުތައް ކުޑަ ނުކުރާ އެއްވެސް ސަރަހައްދެއް ނުހުންނާނެ ކަމަށެވެ. އަދި ކުރިން އެންމެ އަގު ބޮޑުކޮށް ވިއްކަމުން ދިޔަ ދެ ފެޔާ މިހާރު ނޯންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަކޮށްފައިވާގޮތަށް ބަލާއިރު:
މާލެ - ހަނިމާދޫ، 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު.
މާލެ - އިފުރު 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު.
މާލެ - ދަރަވަންދޫ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު.
މާލެ - ކުޑަހުވަދޫ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު.
މާލެ - ތިމަރަފުށި 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު.
މާލެ - ކައްދޫ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު.
މާލެ- ކޫއްޑޫ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު.
މާލެ - ކާޑެއްދޫ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު.
މާލެ - ފުވައްމުލަށް 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
މާލެ - ގަން - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު.
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.