ދުނިޔެ

އުމުރުން 104 އަހަރުގެ މީހަކު ހިނގާފައި މެރަތަންއެއް ނިންމާލައިފި

މުހައްމަދު އައުޒަމް

އުމުރުން 104 އަހަރުގެ މީހަކު ހިނގާފައި މެރަތަންއެއް ނިންމާލައިފިއެވެ.

އިނގިރޭސިވިލާތުގެ ނިއުބާރީގައި ބޭއްވި ފަންޑްރެއިސިން ޗެލެންޖެއްގައި ބައިވެރިވެ އުމުރުން 104 އަހަރުގެ ރޫތު ސައުންޑާސް ވަނީ 26.2 މޭލަށް ހިނގައި މެރެތަން ނިންމާލައި 31000 މިލިއަނަށްވުރެ ގިނަ ޔޫރޯ ފަންޑަށް ހޯދައި ދީފައެވެ.

އެގައުމު ލޮކްޑައުންއަށް ދިއުމުގެ ކުރިން ބޭއްވި އެ އިވެންޓުގައި ރޫތު ވަނީ އޭނާގެ ގެ ހިމެނޭ ސަރަހައްދު ވަށައިގެން 104 ލެޕް ޖަހައިފައެވެ.

ރޫތުގެ މާމަ ދަރިޔަކު ބުނީ މާމައަކީ އުމުރުން ދުވަސްވީ މީހެއް ނަމަވެސް އެހެން މީހުންނަށް އެހީވުމުގެ ކަންކަން ނުހުއްޓާނެ ކަމަށެވެ.

ތޭމްސް ވެލީ އެއާ އެމްބިއުލާންސްއަށް ފަންޑްރެއިސް ކުރުމަށް ބޭއްވި މި ހަރަކާތުގައި ރޫތު އެންމެ ފުރަތަމަ ވަނީ އޭނާގެ މަސައްކަތުން 500 ޔޫރޯ ހޯދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެންމެފަހުން އޭނާ ވަނީ 31000 ޔޫރޯ ހޯދައިދީފައެެވެ.