މުހައްމަދު އައުޒަމް
ސައުދީން ފިލި ޒުވާން އަންހެން ކުއްޖާ އަކީ ރެފިއުޖީއެއް ކަމަށް އދ އިން ކަނޑައަޅައިފިއެވެ.
އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލްގުނަން އަމިއްލަ ގައުމު ސައުދީ އަރަބިއްޔާއިން ފިލާފައިވަނީ އޭނާގެ އާއިލާއިން އޭނާ މަރާލާނެކަމުގެ އިންޒާރު ދިނުމުންނެވެ.
ރަހަފް ފިލާފައިވަނީ ކުވައިތަށް ދަތުރު ކުރި މަގުމަތީގައެވެ. އޭނާ ވަނީ ތައިލެންޑު މަގުން އޮސްޓްރޭލިއާ އަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވިސާގެ މައްސަލައަކާ ގުޅިގެން ރަހަފް ވަނީ ތައިލެންޑުގައި ތާށިވެފައެވެ.
އދ ގެ އޮފިޝަލުންގެ ބެލުމުގެ ދަށުގައި ތައިލެންޑުގެ ޑިޓެންޝަނުގައި ހުރި ރަހަފް އަށް އޮސްޓްރޭލިއާ އަށް ވަދެވޭން އޮތް ހަމައެކަނި ގޮތަކީ އދ އިން ރަހަފް އަކީ ރެފިއުޖީއެއްގެ ގޮތުގައި ކަނޑައެޅުމެވެ.
އދ އިން ރަހަފް އަކީ ރެފިއުޖީއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އޮސްޓްރޭލިއާގެ އޮފިޝަލުންވަނީ އޮސްޓްރޭލިއާ އަށް އެތެރެކުރުމުގައި ބަލަންޖެހޭ ސެކިއުރިޓީ ބެލުންތަށް ބަލަންފަށާފައެވެ.
އޮސްޓްރޭލިއާގެ ހެލްތް މިނިސްޓަރ ވަނީ މިމައްސަލަ ވަރަށް ސީރިއަސްކޮށް ގާތުންބަލަމުންދާކަމަށް ވިދާޅުވެފަ އެވެ. އަދި ހިއުމެނިޓޭރިއަން ވިސާގެ ދަށުން އޮސްޓްރޭލިއާ އަށް އެތެރެވެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާލުވެފައެވެ.
ރަހަފްގެ އާއިލާއިން އޭނާ އާއި ބައްދަލުކުރުމަށް އެދިފައިވީ ނަމަވެސް އދ އިން ވަނީ އެކަމަށް ހުރަށް އަޅައިފައެވެ.