ދުނިޔެ

ވަޓްސްއެޕް ޕޭގެ ހިދުމަތް އިންޑިއާއަށް

މުހައްމަދު އައުޒަމް

ވަޓްސްއެޕް ޕޭގެ ހިދުމަތް އިންޑިއާއަށް ދޭން ފަށައިފިއެވެ.

ފޭސްބުކްގެ އެޕް ވަޓްސްއެޕްގެ ހިދުމަތް އިންޑިއާގައި ފަށާފައިވަނީ އެގައުމުގައި 2018 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންގޮސްފައިވާ ޓެސްޓުތަަކަށް ފަހުގައެވެ.

އިންޑިއާގެ ރެގިއުލޭޓަރީ ފަރާތްތަކުން ވަނީ އެގައުމުގެ ސަރުކާރާއި ގުޅުން ހުރި ޕޭމަންޓު ތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގައިވެސް ވަޓްސްއެޕް ޕޭ ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

ވަޓްސްއެޕް ޕޭ އިން އިންޑިއާގައި ބޭނުން ކުރާނީ އެގައުމުގެ ޔުނިފައިޑް ޕޭމަންޓްސް އިންޓާފޭސް އެވެ. މި އިންޓާފޭސް އިން އެގައުމުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އެޕްތަކަށް ފައިސާ ދައްކައިލެވޭނެއެވެ.

ވަޓްސްއެޕުން ވަނީ އިންޑިއާގެ މައި ފަސް ބޭންކެއްގައި މިހިދުމަތް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތުތައް ކުރެވޭނެކަމަށް ބުނެފައެވެ.