އެމްއެންޑީއެފް

އިންތިހާބީ ރައީސް ޗީފް އޮފް ޑިފެންސް އާ ބައްދަލު ކުރައްވައިފި

ޗީފް އޮފް ޑިފެންސް މޭޖަރ އަހުމަދު ޝިޔާމް އާ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރައްވައިފި އެވެ.

ސިފައިންގެ ހެޑް ކުއާޓަރުގައި މިއަދު ހެނދުނު 11 ޖެހި އިރު އޮތް މިބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ އަހުމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޗީފް އޮފް ޑިފެންސް މޭޖަރ އަހުމަދު ޝިޔާމް ބައްދަލު ކުރެއްވި އިރު، އެމްއެންޑީއެފުން ވަނީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ދިވެހި ސިފައިން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފައިވާއިރު އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންފައި ވެއެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.