ދުނިޔެ

އެންމެ ދިގު އިސްތަށިގަނޑާއެކު އިންޑިއާ ކުއްޖަކު ދުނިޔޭގެ ރެކޯޑު މުގުރާލައިފި

މުހައްމަދު އައުޒަމް

އެންމެ ދިގު އިސްތަށިގަނޑާއެކު އިންޑިއާ ކުއްޖަކު ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ.

ނިލަންޝީ ޕަޓޭލް މުގުރާލާފައި ވަނީ އޭނާގެ އަމިއްލަ ރެކޯޑެވެ. ނިލަންޝީ ވަނީ އޭނާގެ 18 ވަނަ އުފަންދުވަހުގެ ކުރިން އިސްތަށިގަނޑުގެ މިން ނަގައިފައެވެ. ނިލަންޝީގެ އިސްތަށިގަނޑުގައި 6 ފޫޓު 6.7 އިންޗި ހުރެއެވެ.

ނިލަންޝީ ---

މީގެ ކުރިން 2018 ވަނަ އަހަރު ނިލަންޝީ ރެކޯޑް ގާއިމް ކުރިއިރު އިސްތަށިގަނޑުގެ ދިގުމިނުގައި ހުރީ 5 ފޫޓު 7 އިންޗިއެވެ.

ނިލަންޝީ ވަނީ އޭނާގެ އުމުރުން 18 އަހަރު ފުރުމަށްފަހު އަލުން އިސްތަށިގަނޑު ދިގުކޮށް ރެކޯޑް ގާއިމް ކުރުމުގެ އިތުރު ވިސްނުމެއް ނެތްކަމަށް ބުނެފައެވެ.