ދުނިޔެ

އެމީހުން ދަނީ އިންތިހާބުން ވައްކަން ކުރަން މަސައްކަތް ކުރަމުން: ޓްރަމްޕް

މުހައްމަދު އައުޒަމް

އެމީހުން އަންނަނީ އިންތިހާބުން ވައްކަން ކުރަން މަސައްކަތް ކުރަމުންކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރުމެންގެ ކާމިޔާބީ ބޮޑު ކަމަށާއި އެމީހުން (އިދިކޮޅުން ކެނޑިޑޭޓް) ދަނީ އިންތިހާބުން ވައްކަން ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ޓްރަމްޕް ވަނީ ވޯޓުލުން ބަންދުވެފައިވާ ކަމަށާއި އިތުރަށް ވޯޓު ލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ޓުވީޓަށް، ޓުވިޓާއިން ވަނީ އެ ޓުވީޓުގެ ސަބަބުން އިންތިހާބާ ގުޅޭ ދޮގު ހަބަރު ހުރުން އެކަށީގެންވާ ކަމަށް އިންޒާރުގެ މެސެޖު އަރުވައިފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި ނަތީޖާއާ އަށް މުޅި ދުނިޔެ އިންތިޒާރުކުރަމުން އަންނައިރު މިހާރުގެ ނަތީޖާއިން ދައްކާގޮތުން ޓްރަމްޕްގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަންގެ ކުރިމަތިލުން ވަރަށް ވާދަވެރިއެވެ. ގިނަ ސްޓޭޓް ތަކުން ދެ ކެނޑިޑޭޓުންނަށް ވޯޓު ކާމިޔާބު ވެފައިވަނީ ވަރަށް ކުޑަ ތަފާތަކުންނެވެ.