މުހައްމަދު އައުޒަމް
އިންޑިއާއިން ޗައިނާގެ ވުހާން އަށް ދިޔަ ފްލައިޓަކުން ދަތުރުކުރި 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އިންޑިއާއިން ޗައިނާގެ ވުހާން އަށް ދަތުރުކުރި އިންޑިއަން އެއާލައިންސްގެ މި ފްލައިޓުން 277 ފަސިންޖަރުން ދަތުރުކޮށްފައި ވެއެވެ. ވުހާންގެ އޮފިޝަލުން ވަނީ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން 40 މީހެއްގެ ގައިން ކޮވިޑްގެ އެންޓިބޮޑީ ފެނިފައިވާ ކަމަށްވެސް ބުނެފައެވެ.
ވުހާން އަށް ދިޔަ ފްލައިޓުން ފަސިންޖަރުން ޕޮޒިޓިވް ވެފައިވީ ނަމަވެސް އިންޑިއާއިން ފަށާފައިވާ ވާންޑެ ބާރަތު މިޝަން ހުއްޓާނުލައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
އެއާ އިންޑިއާގެ ތަރުޖަމާނު ވަނީ ވުހާން އަށް ދަތުރުކުރި ފްލައިޓުގެ ހުރިހާ ފަސިންޖަރުންވެސް ބޯޓަށް އަރުވާފައިވަނީ ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއެއް ލިބުމުން ކަމަށް ބުނެފައެވެ.