ދުނިޔެ

ދަރިފުޅުލައިގެން ސްޓްރޯލާއާ އެކު ދުވެގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި

މުހައްމަދު އައުޒަމް

ކޮލޮރާޑޯ މީހަކު ސްޓްރޯލާ ދުއްވަމުން ދުވެ ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

އުމުރުން 34 އަހަރުގެ އެންޑްރޫ ވޮސް ނަމަކަށް ކިޔާ އެމީހާ ވަނީ އޭނާގެ އެއް އަހަރުވީ ދަރިފުޅާއެކު ސްޓްރޯލާ ދުއްވަމުން ހަތަރު މިނެޓުތެރޭ އެއް މޭލަށް ދުވެފައެވެ.

ވޮސް އަށްވުރެ ކުރީން މި ރެކޯޑް ހަދާފައި އޮތް މީހަ އަތުގައި އޮތީ 5 މިނެޓު ދުވެގެންނެވެ.

ވޮސް ރެކޯޑް މުގުރާލީ ހަތަރު މިނެޓާއި 57.1 ސިކުންތުންނެވެ.