މޫސުމީ އެކި ކަހަލަ ކާރިސާތަކުގެ ޝިކާރައަކަށް ވެފައިވާ ޖަޕާނަން ބިންހެލުމެއް އައިސް އެތައް ގެތަކެއް ބިމާ ހަމަވެއްޖެއެވެ. ދާދި ފަހުން ޖަޕާނުގައި ވަނީ ފެންބޮޑުވެ، ތޫފާންތައް އައިސް، ހީޓް ވޭވެސް އައިސް އަދި އެކި ކަހަލަ ބިންހެލުން ވެސް އައިސްފައެވެ.
މިއަދު ހެނދުނު 6.7 މެގްނެޓިއުޓްގައި އައި މި ބިންހެލުމުގައި ދެ މީހަކު މަރުވެ އެތައް ގެއެއް ވަނީ ހަލާކުވެފައެވެ. ޖަޕާނުގެ ހޮކްކައިޑޫއަށް އައި މި ބިންހެލުމުގައި 20 މީހުން ގެއްލި އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެންއެޗްކޭ އިން ރިޕޯޓް ކުރާ ގޮތުގައި ޕަބްލިކް ޓްރާންސްޕޯޓްތަކާއި ފްލައިޓްތަކަށް ވަނީ މިކަމުގެ ސަބަބުން ހުއްޓުން އަރާފައެވެ. އެ ހިސާބުގެ އެންމެ ބޮޑު ޕަވަރ ސްޓޭޝަންގެ މަސައްކަތް ހުއްޓި ތިން މިލިއަނެއްހައި ގެއިން ވަނީ ކަރަންޓްވެސް ކެނޑިފަ އެވެ.