ދުނިޔެ

ހޮންގކޮންގ ގައި ތެޔޮ ބޯޓެއްގައި ރޯވެ އެކަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

ހޮންގކޮންގ ގައި ތެޔޮ ބޯޓެއްގައި އަލިފާންރޯވެ އެކަކު މަރުވެއްޖެ އެވެ.

މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ކަރާސީން ބަރުކޮށްގެން ދަތުރު ކުރަމުންދަނިކޮށް ކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.

ބޯޓުގައި ރޯވުމާއެކު ފަޅުވެރިން ވަނީ ކަނޑަށް ފުންމާލައިފައެވެ. ކަނޑުމަތިން 21 މީހުން ސަލާމަތް ކޮށްފައިވާކަމަށާއި، މަރުވި މީހާގެ ހަށިގަނޑު ވެސް ފެނިފައިވަނީ ކަނޑުމަތިން ކަމަށް އޮފިޝަލުން ބުނެއެވެ.

ބޯޓުގައި އަލިފާން ރޯވި ސަބަބު ބަލަމުންދަާއިރު މިހާތަނަށް ބޯޓުަގައި ގޮވުމެއް ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް އޮފިޝަލުން ބުނެއެވެ.

11،000 ޓަނުގެ މި ބޯޓަކީ ވިއެޓްނާމްގެ ބޯޓެއްކަމަށް މައުލޫމާތުލިބެއެވެ.