މުހައްމަދު އައުޒަމް
ބްރެޒިލްގެ ކޮވިޑް ވެކްސިން ޕްރޮގްރާމަށް ޗައިނާއިން 46 މިލިއަން ވެކްސިން ޑޯޒް ގަންނަން ބްރެޒިލް ސަރުކާރުން ނިންމައިފިއެވެ.
ބްރެޒިލް އިން އެގައުމުގައި ހިންގުމަށް ހަމަޖެހިފައިވާ ސިމިއުނިޒޭޝަން ޕްރޮގްރާމް ފެށުމަށް މަހަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
ބްރެޒިލް ވެފައިވަނީ ދުނިޔެއިން ތިންވަނަ އަށް އެންމެ ގިނަ މީހުން ޗޮވިޑް ޖެހުނު ގައުމުކަމުގައެވެ. އެގައުމުން މިހާތަނަށް 5.3 މިލިއަން ކޮވިޑް ކޭސް ފެނިފައިވާއިރު ސަރުކާރުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
ބްރެޒިލް އިން ނިންމާފައިވަނީ ޗައިނާގެ ސައިނޯވެކް ބަޔޯޓެކް އިން އުފައްދާފައިވާ ކޮވިޑް ވެކްސިން ގަތުމަށެވެ. މީގެ އިތުރުން އެގައުމުން ވަނީ އޮކްސްފޯޑުން އުފައްދާ އެސްޓްރާޒެނެކާ ވެސް ހޯދުމާމެދު މަޝްވަރާ ކުރަން ފަށާފައިވާކަމަށް ބުނެފައެވެ.
ޗައިނާއިން އުފައްދާ ކޮވިޑް ވެކްސިންގެ ޓެސްޓުތައް މިހާރުވެސް ބްރެޒިލްގެ ރިސާޗް ސެންޓަރެއްގައި ތަހުލީލުކުރަމުން އަންނަކަމަށް ސައިނޯވެކް އިން ބުނެއެވެ.