އިންޑޮނީޝިއާގެ މަސްވެރިންނަށް އެއްލޯ ހުރި ކުޑަ މިޔަރެއް ފެނިއްޖެއެވެ.
އިންޑޮނެޝިއާގެ މަލުކު ޕްރޮވިންސުގެ މަސްވެރިންނަށް އެ މިޔަރު ފެނިފައިވަނީ އެމީހުން މަސްހިފަން ގެންގުޅުނު ދަލުގައި ޖެހުނު ބޮޑު މިޔަރެއްގެ ބަނޑުންނެވެ.
"މި މަހުގެ 10 ވަނަ ދުވަހު އެ މަސްވެރީންނަށް ހިފުނު ބޮޑު މިޔަރެއްގެ ބަނޑު ފަޅައި ސާފުކުރަމުން ދަނިކޮށް މި އާދަޔާ ހިލާފު މިޔަރު ފެނިފަ ވަނީ." މަސްވެރީންނާ ހަވާލާދީ އިންޑޮނޭޝިއާގެ މީޑިއާއިން ބުނެފައި ވެއެވެ.
ބޮޑު މިޔަރުގެ ބަނޑުން މި ކުޑަ މިޔަރު ނެގި އިރުވެސް ވަނީ މަރުވެފައެވެ. ތަހުލީލުތަކަށް ބޭނުން ކުރުމަށް މަސްވެރިންވަނީ އެމިޔަރު އެގައުމުގެ ލޯކަލް މެރީނާއަކަށް ހަދިޔާ ކޮށްފައެވެ.
މިޔަރާބެހޭ ތަޖުރިބާކާރުން ވަނީ އިންޑޮނޭޝިއާ މަސްވެރިންނަށް ފެނިފައިވާ މި މިޔަރަކީ ރަނގަޅަށް އުފެދިފައި ނުވާ މިޔަރެއްކަމަށް ބުނެފައެވެ. "ސައިކްލޯޕްސް" ނަމަކަށް ކިޔާ ބާވަތުގެ މިފަދަ އިތުރު އެހެން މިޔަރެއްވެސް މީގެ ކުރިން ފެނިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.